OpenStreetMap

©OpenStreetMap
contributors

ހުޅުވާލާފައިވާ މަގު ޗާޓު ނުވަތަ އޯޕަން ސްޓްރީޓް މެޕަކީ، އެތައް ހާސް ވެބްސައިޓާއި، މޯބައިލް އެޕާއި، ހާރޑްވެއާރ ޑިވައިސްތަކުގައި ބޭނުންކުރާ ޗާޓްތަކުގެ މައުލޫމާތު ފަސޭހައިން ލިބެން ހުންނާނެ ވެބްސައިޓެކެވެ.

މިވެބްސައިޓް އުފައްދާފައިވަނީ، މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ރޭލްވޭ ގިމަތަތަކާއި، ކެފޭތަކާއި، މަގުތަކާއި އަދިވެސް އެނޫން ތަންތަނުގެ ޗާޓްތައް ތައްޔާރުކޮށް އެމައުލޫމާތު ބޭނުންވާ ފަރާތްތަަކަށް އެޚިދުމަތް ދެމުންދާ ފަރާތްތައް ގުޅިގެންނެވެ.

ރަށު މައުލޫމާތު

މިވެބްސައިޓަކީ، އެޤައުމެއްގެ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތަކަށް ރަށުގެ މުހިއްމު ތަންތަނުގެ މައުލޫމާތު ފޯރުކޮށްދޭ ސައިޓެކެވެ. އެގޮތުން މިވެބްސައިޓްގައި ޗާޓުތައް ތައްޔާރުކުރާ ފަރާތްތަކުން އެމައުލޫމާތު ފޯރުކޮށްދެނީ ބޭނުންކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށާއި، ޖީޕީއެސް ބޭނުންކޮށްގެންނާއި އަދި މަތިން ނަގާފައިވާ ފޮޓޯތައް ހިމަނައިގެންނެވެ.

ގުޅިލާމެހިފައިވާ ޖަމާޢަތެއް

މިވެބްސައިޓު ބިނާކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ ތަފާތު އެކި ހިސާބުތަކުގެ، ކުޅަދާނަ މިމަސައްކަތަށް ޝައުޤުހުރި ބައެކެވެ. އަދި މިކަމުގައި ޙަރަކާތްތެރިވާ މީހުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ވެބްސައިޓް އުފެއްދުމުގައި ޙަރަކާތްތެރިވާ މީހުންގެ ތެރޭގައި ޗާޓް ތައްޔާރުކުރާ ހުނަރުވެރިންނާއި، ޖިއޮގްރަފީގެ މައުލޫމާތު ދަންނަ ހުނަރުވެރިންނާއި، މިވެބްސައިޓުގެ ސަރވަރތައް ހިންގާ އިންޖިނިއަރުންނާއި، ކާރިސާތައް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގެ ޗާޓުތައް ހަދާ ފަރާތްތަކާއި އަދިވެސް އިތުރު މީހުން ހިމެނެއެވެ.

ހުޅުވާލެވިފައިވާ މަޢުލޫމާތުތަކެއް

މިވެބްސައިޓުގައި ހުންނާނީ ކޮންމެ ފަރާތަކަށްވެސް ކޮންމެ ބޭނުމެއްގައިވެސް ފަސޭހައިން ބޭނުންކުރެވޭނެ މައުލޫމާތުތަކެކެވެ. ކޮންމެ ބޭނުމެއްގައި ބޭނުންކުރި ނަމަވެސް ވެބްސައިޓަށާއި، އަދި މައުލޫމާތު ފޯރުކޮށްދިން ފަރާތަށް ކްރެޑިޓް ދޭންވާނެއެވެ. އަދި މައުލޫމާތުތަކަށް ނުވަތަ ޗާޓްތަކަށް ބަދަލެއް ގެނައިނަމަވެސް އެމައުލޫމާތު ތިންވަނަ ފަރާތަކަށް ފޯރުކޮށްދެވޭނީ މިވެބްސައިޓްގައިވާ ލައިސަންސްގެ ދަށުންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ކޮޕީރައިޓް ސަފްޙާ Copyright and License page އިން ލިބެންހުންނާނެއެވެ.

ބައިވެރިން

މިވެބްސައިޓުގެ ހޮސްޓިންއަށް އެހީތެރިކަން ފޯރުކޮށްދެނީ ޔޫސީއެލް ، ބައިޓްމާރކް ހޮސްޓިންގ ، އިމްޕީރިއަލް ކޮލެޖް ލަންޑަން އަދި އެހެން ޕާރޓްނަރުންނެވެ.